ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: AIA-I1/IL/2019/020
ބައު ދަނގަޑު އަދި އެހެނިހެންތަކެތި ނީލަމުގައި ވިއްކާލުމާއި ބެހޭ
މިކުންފުނީގެ އެކި ސަރަހައްދުތަކުގައި ހުރި ބައު ދަނގަޑު އަދި އެހެނިހެން ތަކެތި ނީލަމުގައި ވިއްކާލުމަށްކުރި އިޢުލާން ނަންބަރ : AIA-I1/IL/2019/019 އާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިތަކެތި ނީލަމުގައި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 10:00އަށް މިކުންފުނީގެ އެޑްމިން އޮފީހަށް ވަޑައިގެން މިތަކެތި ބެއްލެވުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީ އަގު އައިޑީ ކާޑް ފޮޓޯކޮޕީ އަކާ އިއެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް މިކުންފުނީގެ އެޑްމިން އޮފީހަށް ވަޑައިގެން ހުށައެޅުއްވުން އެދެމެވެ. އަދި ނީލަން ނިމޭތާ ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރައްވާ ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
23 ސެޕްޓެމްބަރ 2019