އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ނުބަހައްޓާގޮތަށް ހަމަޖައްސާފައިވާ ތަންތަން

މި ކޮމިޝަނުގެ ނަންބަރު:A)CA-2014/109 ،(A)CA-2014/134)ފ(17 ފެބުރުވަރީ 2014) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

2014 މާރިޗު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ހުޅުވާލި މުއްދަތުގައި، މި ދަންނަވާ 11 (އެގާރަ) ރިސޯޓާއި ޞިނާޢީ މަސައްކަތްކުރާ 3 (ތިނެއް) ތަނަކީ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދު 100 (އެއްސަތޭކަ) ހަމަނުވާތީ، ވޯޓުފޮށި ނުބަހައްޓާގޮތަށް ހަމަޖައްސާފައިވާ ތަންތަނެވެ. އެހެންކަމުން، އެތަންތަނުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، 2014 މާރިޗު 3 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން، ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ބޭނުންވާ އެހެން ތަނެއް ކަނޑައަޅައި ލިޔުމަކުން އިލެކްޝަންސް ކޮމިޝަނަށް އަންގަވަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި، ރަޖިސްޓަރީ ބަދަލުކުރުމަށް ހުށަނާޅާ ފަރާތްތަކުގެ ރަޖިސްޓަރީ، އެމީހަކު ރަށްވެހިވެފައިވާ ރަށަށް ބަދަލުކުރެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ވޯޓުފޮށި ނުބަހައްޓާގޮތަށް ހަމަޖައްސާފައިވާ ރިސޯޓުތައް

ވޯޓުފޮށި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ނުބަހައްޓާ ރިސޯޓުތައް

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ބީޗް ހައުސް އިރުވެލި  ރިސޯޓް

ބީޗް ހައުސް އިރުވެލި (ހއ. މަނަފަރު)

Z01.1.1

1      

އައިލެންޑް ހައިޑް އަވޭ

އައިލެންޑް ހައިޑް އަވޭ (ހއ. ދޮނަކުޅި)

Z02.1.1

2      

ވައިސް ރޯއީ މޯލްޑިވްސް

ވައިސް ރޯއީ މޯލްޑިވްސް(ށ. ވަގަރު)

Z03.1.1

3      

އަނަންތާރާ ކިހަވަށް ވިލާސް

އަނަންތާރާ ކިހަވަށް ވިލާސް(ބ. ކިހަވައް ހުރަވަޅި)

Z05.1.1

4      

ކަނުހުރާ ރިސޯޓް

ކަނުހުރާ ރިސޯޓް(ޅ. ކަނުހުރާ)

Z07.1.1

5      

ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑްސްޕާ

ތާޖްއެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ

(ކ. އެނބޫދޫފިނޮޅު)

Z10.1.1

6      

ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް

ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް(ކ. ކަނޑޫމާފުށި)

Z17.1.1

7      

ވެލައްސަރު މޯލްޑިވްސް

ވެލައްސަރު މޯލްޑިވްސް(ކ. ވެލައްސަރު)

Z20.1.1

8      

ލަކްސް މޯލްޑިވްސް

ލަކްސް މޯލްޑިވްސް(އދ. ދިއްދޫފިނޮޅު)

Z26.1.1

9      

ނިޔާމަ ރިސޯޓް

ނިޔާމަ ރިސޯޓް(ދ. އެނބޫދުއްފުށި)

Z29.1.1

10    

އަޔާޑާ މޯލަޑިވްސް ރިސޯޓް

އަޔާޑާ މޯލަޑިވްސް (ގދ. މަގުދުވާ)

Z30.1.1

11    

ވޯޓުފޮށި ނުބަހައްޓާގޮތަށް ހަމަޖައްސާފައިވާ ޞިނާޢީ ތަންތަން

ވޯޓުފޮށި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ  ޞިނާޢީ ތަންތަނުގެ ތެރެއިން ވޯޓު ފޮށި ނުބަހައްޓާ ޞިނާޢީ ތަންތަން

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ކ. ތިލަފުށި

ތިލަފުށި -1

V01.1.1

1    1

ކޫއްޑޫ

ކޫއްޑޫ- 1

V03.1.1

2      

ފެލިވަރު

ފެލިވަރު - 1

V04.1.1

3      

01 ޖުމާދަލްއޫލާ 1435

02 މާރިޗު 2014
ހޯދާ