މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު ސާފުކުރުން

     ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށު ފުޓްސަލްދަނޑު ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީއަގު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ  26ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް  މިއިދާރާއަށެވެ.
  • އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 01 އޮކްޓޫބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް  މިއިދާރާއަށެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ. މަޢްލޫމާތު ސާފު ކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

23 ސެޕްޓެންބަރު 2019
ހޯދާ