ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
މާލޭގައި ހުރި އެންމެހައި ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަންތައް ތިލަފުށްޓަށް ބަދަލު ކުރުމާ ބެހޭ

  އިޢުލާން

 

                                                               ނަމްބަރު:GMIZL/IUL/BDM/2019/001

 

20 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ރޭ މާލޭގައި ހިގާދިޔަ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެންމެހައި ފަރާތްތަކަށް ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި، މާލޭގައި ހުރި އެންމެހައި ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ނިންމަވާފައިވާތީ، އެކަންކަން ތަންފީޒު ކުރުމަށްޓަކައި 21 ސެޕްޓެމްބަރ 2019 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކާއި ގުޅިގެން މިކުންފުނިން މަސައްކަތްކުރަމުން ދާވާހަކަ ދަންނަވަމެވެ. އެގޮތުގެ މަތިން ކ.ތިލަފުށީގައި ވަކި ސަރަޙައްދެއް ކެމިކަލް ރައްކާކުރުމަށްޓަކައި ކަނޑައެޅި ވެއަރހައުސިންގ ޔުނިޓްތަކެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިކުންފުނިން ކުރަމުންދާވާހަކަ ވެސް ދަންނަވަމެވެ. އެހެންކަމުން އެފަދަ މުދާ މާލޭގައި ރައްކާކުރައްވާ އަދި ކުރަމުންދާ ފަރާތްތަކަށް ކ. ތިލަފުށިން ވެއަރހައުސް ޔުނިޓް ކުއްޔަށް ދިނުމަށް ނިންމާފައިވާތީ، 23 ސެޕްޓެމްބަރ 2019 ވަނަ ދުވަހުން ފެށިގެން، 'ކެމިކަލް އަދި ނުރައްކާތެރި މުދާ ގުދަންކުރުމަށް އެދި ހުށަހަޅާ ފޯމް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 އަދި މިފޯމް މިދެންނެވުނު ތާރީޚުން ފެށިގެން މިކުންފުނީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމުގައި ވެސް ދަންނަވަމެވެ. އަދި ވެއަރހައުސް ޔުނިޓްތައް ކުއްޔަށްދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއްދެވޭނީ މިވަގުތު ކެމިކަލް ގުދަންކުރަމުން ގެންދާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ މިވަގުތު ގުދަންކޮށްފައިވާ ފަރާތަކަށް ކަމުގައިވެސް ދަންނަވަމެވެ.

އަދި މަތީގައިވާ ކަންކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ މިކުންފުނީގެ ހޮޓްލައިން ނަންބަރު 7957601 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި ފޯމް ފުރިހަމަކުރުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިކުންފުނީގެ ހެޑް އޮފީހަށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން  [email protected]އަށް ފޮނުއްވުން އެދެމެވެ.

 

 

24 މުޙައްރަމް 1441

23 ސެޕްޓެމްބަރ 2019

 

 

Fen Building/ 4th floor                                                      ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                     އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513, 3307515 Fax: 3307514                              ފޯން: 3307513،3307515 ފެކްސް: 3307514

23 ސެޕްޓެންބަރު 2019
ހޯދާ