ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ލޭބަރ ރޫމަކާއި، ސީ.އެސް،އެސް،ޑީ ޔުނިޓެއް ހެދުން

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ލޭބަރ ރޫމަކާއި، ސީ.އެސް،އެސް،ޑީ ޔުނިޓެއް ހެދުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ: (IUL)KRH-APD/2019/10 އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ ވެލިޑިޓީ ހަމަވެފައިވާތީ އެޢިއުލާނާއި އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބާތިލް ކޮށްފީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ރަޖިސްޓްރީ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި ( ސީޑީ ) ލިބިވަޑައި ގަންނަވާނެއެވެ.

  •       ރަޖިސްޓްރީ ކުރުން

23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 24 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 9:00 ން 13:00 އަށް

  •        ޕްރިބިޑް މީޓިންގ

25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 9:00 ގައި

  •       އަންދާސީ ހިސާބު ހުށަހެޅުން

29 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:30 ގައި

ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

22 ސެޕްޓެންބަރު 2019
ހޯދާ