ދިވެހިރާއްޖެ
އިޢުލާން
01 އަހަރު ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ސީފްރައިޓްކޮށް އަދި އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2019/337) (ސެޕްޓެމްބަރ 10 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 24 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނު 11:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނު 11:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
23 މުހައްރަމު 1441
