ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2019/49
އިޢުލާން
46 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2019
46 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް 21 ން 30 އޮކްޓޯބަރ 2019 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ކްލަބް/ޖަމްއިއްޔާ އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން މުބާރާތާއިބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަންޑައަޅުއްވާ އެފަރާތެއްގެ ނަން، އަދި ގުޅޭނެ ނަމްބަރ އެންގޭނެގޮތަށް 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމް އާއިއެކު ބެޑްމިންޓަން އެސޯސިއޭޝަން އަށް ލިޔުމުން ހުށައެޅުމަށް ދެންނެވީމެވެ.
އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާއިދު:
- · ޑައުންލޯޑް ކުރުމަށް ވެބްސައިޓް www.badmintonmaldives.org.mvއާއި
އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުތާރީޙް:
10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފީހަށް
މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަދި މެންދުރުފަހު 13:30 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯންނަމްބަރ: 3314057 އަށް ގުޅުއްވުން އެދެމެވެ.
މި ދެމުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ކުރިއަށްއޮތް ހަފްތާގައި ޝާއިއު ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލީމެވެ.
20 ސެޕްޓެމްބަރ 2019