ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެމް.އޭ.ސީ.އެލްއަށް ވެހިކަލް ސެކިއުރިޓީ ޗެކް ޕޯސްޓެއްއިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި، މި ކުންފުނިން ދޭ މިންގަނޑުތަކާއި ނަމޫނާއާއި އެއްގޮތަށް ވެހިކަލް ސެކިއުރިޓީ ޗެކް ޕޯސްޓެއް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ސެޕްޓެންބަރު 26 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 އޮކްޓޫބަރު 08 ވާ އަންގާރަދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޫބަރު 08 ވާ އަންގާރަދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
