މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގއ. ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

ގއ. ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

  1. ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގއ. ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

 2. މި މަސައްކަތުގެ ތެރޭގައި ސާރވޭ، ޕްރިލިމިނަރީ ޑިޒައިން، ޑީޓެއިލްޑް ޑިޒައިން، ޓެންޑަރ ޑޮކިއުމަންޓްސް، ޓެކްނިކަލް ސްޕެސިފިކޭޝަން، ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އީ.އައި.އޭ ހެދުން ހިމެނެއެވެ.

 3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 4. މި މަސައްކަތައް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަޜާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

 5. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 1400 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުއްވުންއެދެމެވެ.

އިންފްރާސްޓްރަކްޗަރ ޑިޕާރްޓްމަންޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާޓްރަކްޗަރ.

އިއްޒުއްދީންމަގު،މާލެ، ދިވެހިރާއްޖެ

ޓެލެފޯން: +(960) 4004 700, +(960) 4004 701

އީ މެއިލް:. [email protected]

 6. މިއިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

19 ސެޕްޓެންބަރު 2019
ހޯދާ