މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގްރީންބިލްޑިންގ އިމާރާތުގެ މިނިސްޓަރ ރޫމާއި ދެ ސްޓޭޓް މިނިސްޓަރުންގެ ރޫމާއި މީޓިންގ ރޫމެއްގައި ރޯލާ ކާޕެޓް އަމިއްލަ ތަކެތީގައި އަޅައިދޭނެފަރާތެއް ހޯދުމަށް

ގްރީންބިލްޑިންގ އިމާރާތުގެ މިނިސްޓަރ ރޫމާއި ދެ ސްޓޭޓް މިނިސްޓަރުންގެ ރޫމާއި މީޓިންގ ރޫމެއްގައި ރޯލާ ކާޕެޓް އަމިއްލަ ތަކެތީގައި އަޅައިދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)438-AU/1/2019/38  އިއުލާންގެ ޓީ.އޯ.އާރަށް ބަދަލު އައިސްފައިވާތީ އަލުން އިއުލާން ކުރީމެވެ.  

މި މިސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ.މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.  [email protected] މެއިލް އެޑްރެހަށް މެއިލްކުރައްވައިގެން ނުވަތަ 3018321 އަށް ގުޅުއްވަައިގެން ވެސްް މައުލޫމާތު ސާފުކުރެއްވިދާނެއެެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ،އިއުލާނާއެކު އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  2019  ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ.

 

 

19 ސެޕްޓެންބަރު 2019
ހޯދާ