ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު |
|||||
ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|||||
މަޤާމު: |
އެސިސްޓެންޓް ޖިއޮމެޓިކް ޓެކްނީޝަން |
||||
މަޤާމު ނަންބަރު: |
J-271194 J-248059 |
||||
ބޭނުންވާ އަދަދު: |
02 (ދޭއް) |
||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||
މަޤާމުގެ ރޭންކް: |
ޖީ އެސް 4 |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
||||
ސެކްޝަން / ޔުނިޓް:
|
ސަރވޭ ސެކްޝަން / ރެގިއުލޭޝަންސް އެންޑް ސްޓޭންޑާޑްސް ޔުނިޓް |
||||
މަޤާމް އޮތް އޮފީސް: |
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ |
||||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ، ކ. މާލެ |
||||
މުސާރަ: |
މަހަކު -/5020 ރުފިޔާ |
||||
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
||||
އެހެނިހެން އެލަވަންސް: |
|
||||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ސަރވޭ ސްޓޭންޑާޑްސް ހެދުމުގެ މަސައްކަތުގައި އެހީތެރިވުން 2- ސަރވޭ އޯޑިޓިންގް މަސައްކަތުގައި ހަރަކާތްތެރިވުން 3- މި އޮތޯރިޓީން ކުރަންޖެހޭ ސަރވޭތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި އަމަލީގޮތުން ބައިވެރިވުން. 4- ޙާއްސާ ބޭނުންތަކަށް ތައްޔާރުކުރާ މެޕްތަކުގެ ސަރވޭތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން 5- ސެކްޝަނުގެ ސުޕަވައިޒަރުންގެ ލަފާގެ މަތިން ރައްރަށުގައި ރިފަރަންސް ސްޓޭޝަން ނެޓްވަރކްތައް ޖެހުން 6- ސަރވޭ އިކްއިޕްމަންޓްތައް މެއިންޓެއިންކޮށް ބެލެހެއްޓުމާއި އިންވެންޓަރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން 7- ސެކްޝަނުން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކުގެ އިތުރުން މި މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން
|
||||
މަޤާމުގެ ޝަރުޠުތައް: |
ވަޒީފާގެ ދާއިރާތައް 1- ޖިއޯމެޓިކްސް 2- ލޭންޑް ސަރވޭއިންގ
ތަޢުލީމީ ރޮނގުތައް 1- ޖިއޯމެޓިކްސް 2- ލޭންޑް ސާވޭއިންގް 3- މެޕިންގ
|
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ދާއިރާ |
ތަފްޞީލު |
މާކްސް |
އިންސައްތަ (%) |
ކެޓަގަރީގެ ޖުމުލަ އިންސައްތަ |
ތަޢުލީމާއި ތަމްރީން |
ލިބިފައިވާ ތާޢުލީމު |
35 |
35 |
40
|
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން |
30 |
5 |
|||
އިމްތިޙާން |
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" |
12
|
5 |
5 |
|
މަސައްކަތުގެ ތަޖުރިބާ |
މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |
33 |
10 |
10 |
|
ލިބިފައިވާ ހުނަރު |
އިންޓަރވިއު / ޕްރެކްޓިކަލްސް |
100 |
45 |
45 |
|
ޖުމްލަ |
|
210 |
100 |
100 |
|
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމުލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
|||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރު 02 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އަމީނީމަގު،މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
||||
އިންޓަރވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރު 03 އާއި 2019 ނޮވެންބަރު 20 އާއި ދެމެދު، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. |
||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7345062 ނަންބަރު ފޯނަށެވެ. |
||||
20 މުޙައްރަމް 1441 19 ސެޕްޓެންބަރު 2019 |