ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު |
|||||
ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|||||
މަޤާމު: |
ޑިރެކްޓަރ |
||||
މަޤާމު ނަންބަރު: |
J-315910 |
||||
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||
މަޤާމުގެ ރޭންކް: |
އީ އެކްސް 1 |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް ޑިރެކްޓަރ |
||||
ސެކްޝަން / ޔުނިޓް:
|
ލޭންޑް ސެކްޝަން |
||||
މަޤާމް އޮތް އޮފީސް: |
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ |
||||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ، ކ. މާލެ |
||||
މުސާރަ: |
މަހަކު -/8835 ރުފިޔާ |
||||
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
||||
އެހެނިހެން އެލަވަންސް: |
|
||||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ލޭންޑް ސެކްޝަނުގެ މަސައްކަތްތައް ހަރުދަނާކޮށް ސެކްޝަން ހިންގުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން. 2- އެކިއެކި ބޭނުންތަކަށް ބިންދޫކުރުމުގެ ކަންތައްތައް ކަނޑައެޅިފައިވާ އުސޫލުން ކުރިއަށް ގެންދިޔުމުގެ މަސައްކަތް ވިލަރެސްކުރުން 3- ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރު ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސްކޮށް، ދަފްތަރުގެ މައުލޫމާތު އެކުލަވާލާ ނިޒާމުގައި މައުލޫމާތު ބެލެހެއްޓުމުގެ ކަންތައް ވިލަރެސްކުރުން 4- ދައުލަތުގެ އެކިއެކި ބިންތައް ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ކަނޑައެޅުމުގެ ދިރާސާތައް ރާވާ، މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ވިލަރެސްކުރުން 5- ބިމުގެ ސިޔާސަތު އެކުލަވާލުމުގައި ކަމާގުޅޭ މިނިސްޓްރީއަށް އެހީތެރިވެދީ، މިކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން 6- ސަރުކާރުގެ ސިޔާސަތުތަކާ ޕްލޭންތަކާއި ގުޅޭގޮތުން ދައުލަތުގެ ބިންތައް ކަނޑައެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއިއެކު ވިލަރެސްކުރުން 7- ރާއްޖޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދިޔުން 8- މުވައްޒަފުންގެ ކުރިއެރުމާއި ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން. 9- ލޭންޑް ސެކްޝަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން. 10- މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ވަޞީލަތްތައް ލިބޭނެ މަގުފަހިކޮށްދިނުން. 11- އޮފީހުގެ މަޤްސަދުތަކާއި، ރާވާފައިވާ ސްޓެޓަޖީތަކުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ކުރުން.
|
||||
މަޤާމުގެ ޝަރުޠުތައް:
|
ނުވަތަ
ވަޒީފާގެ ދާއިރާތައް 1- ޖިއޯމެޓިކްސް 2- އާބަން ސްޓަޑީޒް 3- އަރބަން ޕްލޭނިންގ
ތަޢުލީމީ ރޮނގުތައް 1- ޖިއޯމެޓިކްސް 2- އަރބަން ޕްލޭނިންގ 3- އާބަން ސްޓަޑީޒް |
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ދާއިރާ |
ތަފްޞީލު |
މާކްސް |
އިންސައްތަ (%) |
ކެޓަގަރީގެ ޖުމުލަ އިންސައްތަ |
ތަޢުލީމާއި ތަމްރީން |
ލިބިފައިވާ ތަޢުލީމު |
85 |
20 |
25
|
|
ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން |
30 |
5 |
|||
މަސައްކަތުގެ ތަޖުރިބާ |
މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |
30 |
25 |
25 |
|
ލިބިފައިވާ ހުނަރު |
އިމްތިޙާން / ޕްރެކްޓިކަލްސް |
50 |
20 |
50
|
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން |
100 |
30 |
|||
ޖުމްލަ |
|
295 |
100 |
100 |
|
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމުލަ %55 (ފަންސާސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
|||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރު 02 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އަމީނީމަގު،މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
||||
އިންޓަރވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2019 އޮކްޓޯބަރު 03 އާއި 2019 ނޮވެންބަރު 20 އާއި ދެމެދު، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. |
||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7345062 ނަންބަރު ފޯނަށެވެ. |
||||
20 މުޙައްރަމް 1441 19 ސެޕްޓެންބަރު 2019 |