ދިވެހިރާއްޖެ
ނ. އަތޮޅު ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ އަދި ވަށައިގެންވާ މަގާއި ގޯޅި ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް
މިހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ އަދި ވަށައިގެންވާ މަގާއި ގޯޅި ކުނިކަހައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު: 24(IUL)NAH/NAH/2019/ އިއުލާން ބާތިލުކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ސެޕްޓެންބަރު 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 25 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ ހެނދުނު 8:30 އިން 13:30 އާއި ދޭތެރޭ މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީސް ރިސެޕްޝަން އަށް ވަޑައިގެން ނުވަތަ 6560037އަށް ގުޅުއްވައި ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 26 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީހުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މި ހޮސްޕިޓަލުގެ (ނ. އަތޮޅު ހޮސްޕިޓަލް، ރޯޝަނީމަގު) އޮފީހުގައި އޮންނާނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެ ވާހަކަ ދަންނަވަމަވެ.