އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
• ދޯނިއެހެލާ ބަނދަރުގައި ހުރި ތަކެތި ނަގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާނު

ދޯނިއެހެލާ ބަނދަރުގައި ހުރި ތަކެތި ނަގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިރަށުގެ ދޯނިއެހެލާ ބަނދަރުގައި ހުރި ބައެއް އުޅަނދުތަކާއި ލަކުޑި ފަދަ ތަކެތި ނަގައި ކައުންސިލުން ދައްކާ ތަނެއްގައި ރައްކާތެރިކަމާއެކު ބަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހު މެންދުރުފަހު 13:15 ށް މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 3 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.

           މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

           މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        19 މުޙައްރަމް 1441

18 ސެޕްޓެންބަރު 2019
ހޯދާ