ދިވެހިރާއްޖެ
c
"އިޤްތިޞާދީ ފުދުން ތެރިކަން – އިޖްތިމާޢީ ހަމަޖެހުން" |
Secretariat of the Mulakatholhu Naalaafushee Council M.Naalaafushi, Republic of Maldives |
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ނާލާފުށި،
ދިވެހިރާއްޖެ ނަންބަރ: (IUL)366/2019/28
އިޢުލާނު
ހިނަވާގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.
މިރަށު ދެކުނުކޮޅު ކުރީގައި ޕްރީސްކޫލް ހިންގި އިމާރާތުގެ ގޯތިތެރޭގައި ހިނަވާ ގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވުމާއިއެކު އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މިއިދާރާއަށް އަންގަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި " ހިނަވާގެ އިމާރާތް ކުރުމަށް އެދި " މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކޮށްދިނުން |
24 ސެޕްޓެމްބަރ 2019 އަންގާރ |
11:00 |
މ.ނާލާފުށީ ކައުންސިލް |
އަންދާސީ ހިސާބު ބަލައިގަތުން |
01 އޮކްޓޯބަރ 2019 އަންގާރަ |
11:00 |
މ.ނާލާފުށީ ކައުންސިލް |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
19 މުޙައްރަމް 1440
18 ސެޕްޓެމްބަރ 2019
ޙަސަން ޢަބްދުއްރަޙްމާން
ކައުންސިލްގެ ރައީސް