ދިވެހިރާއްޖެ
އިޢުލާން
ކޯޓުގެ ދެފާޚާނާ މަރާމާތުކުރުމުގެ މަސައްކަތްކުރުން.
މިކޯޓުގެ 02 ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު:18/2014 ) ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ނުވަތަ ޤާނޫނު ނަންބަރު:19/2014 ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ، އެފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ މަޤްޞަދުގެ ތެރޭގައި، ޢިމާރާތްކުރުމުގެ މަސައްކަތްކުރުން ހިމެނިފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
19 މުޙައްރަމް 1441
18 ސެޕްޓެންބަރު 2019