ދިވެހިރާއްޖެ
ނަމްބަރ: IUL)244-ESMSMS/244/2019/45
އިޢުލާން
ހއ.ތުރާކުނުފްޓްބޯޅަދަނޑުގައި ޓާފް އެޅުމުގެ ކުރިން ކުރަންހުރި ބައެއް މަސައްކަތްކުރުމަށްޓަކައި މިއިދާރާއިން ކުރި އިޢުލާންގެ ތާރީޙްތަކަށާއި ގަޑިތަކަށް ބަދަލުއައުން
ހއ.ތުރާކުނު ފުޓްބޯޅަދަނޑުގައި ޓާފް އެޅުމުގެ ކުރިން ކުރަންހުރި ބައެއް މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވުނު ނަމްބަރު: IUL)244-CAA/244/2019/43 (10 ސެޕްޓެމްބަރ 2019) އިޢުލާނުގައި މަޢުލޫމާތު ސާފްކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ތާރީޙްތަކަށާއި ގަޑިތަކަށް ވަނީ ބަދަލުގެނެވިފައެވެ.
އެހެންކަމުން، މަޢުލޫމާތު ސާފްކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޙްތަކާއި ގަޑިތައް ތިރީގައި އެވަނީއެވެ.
- މަޢުލޫމާތު ސާފްކުރުން: 24 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 02 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހަށް ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00 މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުން.
- އަންދާސީ ހިސާބު ކެނޑުން: 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 މުޙައްރަމް 1441
18 ސެޕްޓެމްބަރ 2019