ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކުގެ ގދ. ގައްދޫ ކެމްޕަހުގައި ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުން ވެއްޖެ.
1. މޯލްޑިވްސް ޕޮލިޓެކްނިކުގެ ގދ. ގައްދޫ ކެމްޕަހުގައި ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 18 ސެޕްޓެމްބަރ 2019 އިން 24 ސެޕްޓެމްބަރ 2019އަށް 08:00 އިން 14:00 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގައި ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ 1 ފަންގިފިލާގެ މީޓިންގ ރޫމްގައެވެ.
5. މި ބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރާސްކުރެވިފައިވާނެއެވެ.
6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މޯލްޑިވްސް ޕޮލިޓެކްނިކް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3305417
އީ-މެއިލް: [email protected]
ގދ. ގައްދޫ ކައުންސިލް އިދާރާ
ގދ. ގައްދޫ
ފޯން: 6840003
އީ-މެއިލް: [email protected]