ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެދަށުން ހުސްގެވަޅުތަކުގައި ގެ އިމާރާތް ކުރުމާ ގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގެވަޅުތަކުގެ ތެރެއިން މިހާތަނަށް ގެ ޢިމާރާތް ނުކުރެވި ހުރި ހުސްގެވަޅުތަކުގައި ގެ އެޅުމުގެ މަޝްރޫޢުއެއް ހިންގުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން ވަނީ ނިންމަވާފައެވެ.

ވުމާއެކު، މަތީގައި ދެންނެވިފައިވާ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫއިން ދިރިއުޅުމަށް ދޯކޮށްފައިވާ ގޯތީގައި ގެ އިމާރާތްކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް މި ކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިހާތަނަށް ގެ ޢިމާރާތް ނުކުރެވި ހުރި ހުސްގެވަޅުތަކުގައި ގެ ޢިމާރާތްކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މި ކައުންސިލުން ދޫކުރާފޯމް ފުރުއްވުމަށްފަހު، 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމް ފުރުއްވުމަށްފަހު ދެންނެވިފައިވާ ތާރީޚްގެ ކުރިން މިކައުންސިލްގެ އީމެއިލް ([email protected]) އަށް މެއިލްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

17 ސެޕްޓެންބަރު 2019
ހޯދާ