ދިވެހިރާއްޖެ
އިޢުލާން
| މަޤާމް : | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމް ނަމްބަރ: | J222427 | 
| ބޭނުންވާ އަދަދު: | 01 | 
| މަޤާމްގެ ގިންތި | ދާއިމީ | 
| މަޤާމްގެ ރޭންކް | ޖީ އެސް 3 | 
| މަޤާމްގެ ކްލެސިފިކޭޝަން | އޮފިސަރ ގްރޭޑް 01 | 
| ވަޒީފާ އަދާކުރަންޖެހޭ ތަން | އދ މާމިގިލީ ކައުންސިލްގެ އިދާރާ | 
| މުސާރަ | -/4465ރ | 
| ސަރވިސް އެލަވަންސް | 1500ރ | 
| އެހެނިހެން އެލަވަންސް : 
 | 1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 4- ސަޕޯރޓިން ކޯ އެލަވަންސް : މަހަކު -/700ރުފިޔާ 
 | 
| މަޤާމްގެ މައިގަނޑު މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް | 1- އޮފީހަށް ލިބޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން 2- ރަށާއި ގުޅޭ ގޮތުން ފޮނުވަންޖެހޭ އެކިއެކި މަޢުލޫމާތު ފޮނުވުން 3- މުހިއްމު ޔައުމިއްޔާތައްލިޔެ ބެލެހެއްޓުން 4- އެކިއެކި ފެންވަރުގައި ފާހަގަ ކުރާ ދުވަސްތައް ފާހަގަކުރުން 5-އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުން 6-ކޮމިޓީތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކުގެ ކަންތައްތައް ބެލެހެއްޓުން 7-ތަޢުލީމާއި ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން 8- އެހެނިހެން ރަށްރަށުން ފޮނުވާ އެކިއެކި އިޢުލާންތައް ކުރުމާއި ޖަވާބުދާރީވުމުގެ މަސައްކަތްކުރުން 9-އަރުވާލި / ފޮނުވާލާ އަދި ގޭގައި ބަންދުކުރާ މީހުންނާ ބެހޭ އެންމާ ކަންތައްތައް ބެލެހެއްޓުން 10-ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން މަސައްކަތާގުޅޭ އެހެނިހެން މަސައްކަތްކުރުން 
 | 
| މަޤާމްގެ ޝަރުތުތައް | * ސާނަވީ ނުވަތަ އެއަ އެއްފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދައްވެގެން ' ޑީ ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ' ސެކަންޑްރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައި ވުން | 
| ހުށައަޅަންޖެހޭ ލިޔުންތައް | 1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން، އދމާމިގިލީ ކައުންސިލް އިދާރާގެ ވެބްސައިޓް ‘www.maamigilicouncil.gov.mv އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ފޯނު ނަމްބަރ އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް ) 3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް 4- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން 5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކުރިޕްޓް ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީ ތަޢުލީމްދޭ ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ 6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ 8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމްގެ ، އަދި ވަޒީފާގެ މުއްދަތާ މަޤާމްގެ މަސްޢޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ( ގަޢުމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދައުލަތުގެ މުވައްސަސާ އަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމައެވެ. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމް، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
 | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 
 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 
 | * ލިބިފައިވާ ތަޢުލީމާއި ތަމްރީން (%40 ) * ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން (%5) * މަސައްކަތުގެ ތަޖުރިބާ (މަޤާމްގެމަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ) () * ލިބިފައިވާ ހުނަރު ( އިންޓަވިއު) ( %45 ) 
 
 * މިމާޤާމަށް އައްޔަން ކުރުމަށް ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 45% ސާޅީސްފަހެއް ) އިން ސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި : | މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 14.00ގެ ކުރިން އދ މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އިދާރާގެ އީ މެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ދުވަހެއް ކަނޑައަޅުއްވައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެވެ. 
 | 
| އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2019 ސެޕްޓެމްބަރ 26 ން 03 އޮކްޓޯބަރ 2019 އާއި ދެމެދު އދ މާމިގިލީ ކައުންސިލްގެ އިދާރާގައެވެ. ވުމާއިއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއު އަށް ތައްޔާރުވެގެން ތިއްބެވުމަށް ދަންނަވަމެވެ. 
 | 
| ޝޯޓް ލިސްޓް ކުރުން : | މިވަޒީފާއަށް އެދި ހުށައަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެން އިތުރުވާނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. | 
މި ޢިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680538 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
17 މުޙައްރަމް 1441
16 ސެޕްޓެމްބަރ 2019
 
                    