ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޔަރ ފައިޓިން ޓްރޭނަރ އަށް ބައިވެރިން ހޯދުމާއި ބެހޭ

އިޢުލާން 

ފަޔަރ ފައިޓިން ޓްރޭނަރ އަށް ބައިވެރިން ހޯދުމާއި ބެހޭ

              ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ކުރިން އެކިދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މަޤްޞަދުގައި ތަފާތު ޕްރޮގްރާމުތައް ހިންގުމަށް ރަށުކައުންސިލުން މިދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ރާއްޖެއިން ބޭރުގައި ބޭއްވުމަށް މަޝްވަރާ ކުރެވެމުންދާ ފަޔަރ ފައިޓިން ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ، ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

ޝަރުތުތައް:

  •  ސާނަވީ އިންތިހާނުގެ 03 މާއްދާއިން ފާސްވެފައިވުން.
  •  ފުރިހަމަ ޞިއްޙަތެއްގައި ހުރުން.
  •  ހޯރަފުށީގެ ރަށްވެއްސެއް ކަމުގައިވުން.

              ވިމާ، މިތަމްރީން  ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 2019 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 13:30 ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓު ކުރެއްވުން އެދެމެވެ. ނުވަތަ ސާނަވީ އިމްތިހާނުގެ ސެޓިފިކެޓުތަކާއި ސީ.ވީ މިއިދާރައިގެ އީމެއިލް އެޑްރެސް [email protected] ފޮނުއްވައިދެއްވުން އެދެމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

               17 މުޙައްރަމް  1441

16 ސެޕްޓެންބަރު 2019
ހޯދާ