ދިވެހިރާއްޖެ
މި އިޢުލާންވަނީ 26 ސެޕްޓެންބަރު 2019 15:01 ގައި ބާތިލް ކުރެވިފައެވެ.
އެކްޓިވިޓީ ޔުނިފޯމް 1 (އެކެއް) އަހަރު ދުވަހަށް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން
މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، 01 ނޮވެމްބަރ 2019 ން ފެށިގެން ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް 01(އެއް) އަހަރު ދުވަހަށް އަމިއްލަ ޚަރަދުގައި ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި
މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވިލުފުށީ ސްކޫލް އޮފީސް |
26 ސެޕްޓެމްބަރ 2019 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ވިލުފުށީ ސްކޫލް އޮފީސް |
07 އޮކްޓޯބަރ 2019 |
ހޯމަ |
11:00 |
މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
އަދި މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
އަދި މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
17 ސެޕްޓެމްބަރ 2019