ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްލޭ އޭރިޔާ ހެދުން
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2019/037
އިޢުލާނު
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިސްކޫލްގެ ޕްރީސްކޫލް ދަރިވަރުންގެ ޕްލޭ އޭރިޔާ ހެދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ސެޕްޓެންބަރު 17 އިން 2019 ސެޕްޓެންބަރު 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، މި ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެންބަރު 23 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ސެޕްޓެންބަރު 24 ވާ އަންގާރަ ދުވަހުގެ 11:00ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
- ބިޑް ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 2019 ސެޕްޓެންބަރ 30 ވާ ހޯމަ ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު، ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދޫ ސްކޫލް
އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
18 މުޙައްރަމް 1441
19 ސެޕްޓެންބަރު 2019
17 ސެޕްޓެންބަރު 2019
ހޯދާ