މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މޮނިއުމެންޓް ފަރުމާކުރުން

                                   `

 

އިޢުލާން ނަންބަރ: GS78/IULAAN/2019/35

 

މޮނިއުމެންޓް ފަރުމާކުރާނެ ފަރާތެއް ހޯދުން

 

 

           2020 ވަނަ އަހަރަކީ މި ސުކޫލަށް 75 އަހަރު ފުރޭ އަހަރަށް ވުމުން އެކަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކުރުމަށް ބޭނުންވެއެވެ. މި މޮނިއުމެންޓުން ސުކޫލު ކުލައާއި ޚިދުމަތުގެ މުއްދަތުގެ އިތުރުން ކޮން ސުކޫލެއްކަން އެނގެން ވާނެއެވެ. މީގެ އިތުރުން ފަރުމާކުރި މޮނިއުމެންޓުގެ އެކިއެކި ބައިތައް މާނަކުރާގޮތް ދިވެހިބަހުން ލިޔެފައި މޮނިއުމެންޓު ގެ ކުރެހުމާއެކު ހުށަހަޅަންވާނެއެވެ.

 

  • ސުކޫލު: ޝެއިޚް އިބްރާހީމް ސުކޫލު
  • ސުކޫލު ކުލަ: ރޯޔަލް ބުލޫ އަދި ސްކައި ބުލޫ
  • ޚިދުމަތުގެ މުއްދަތު: 75 އަހަރު

          

           ވީމާ، މޮނިއުމެންޓް ފަރުމާކޮށްދެއްވަން ބޭނުންވާ ސުކޫލުގެ ދަރިވަރުންނާއި ޢާއްމު ފަރާތްތަކުން 2019 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން ސްކޫލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ތައްޔާރުކުރެވިފައިވާ މޮނިއުމެންޓުގެ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ވެސް ބަލައި ގަނެވޭނެ ވާހަކަ ދަންނަވަމެވެ. ސޮފްޓް ފޮނުއްވާނަމަ [email protected] މިމެއިލް އަށް ފޮނުއްވުން އެދެމެވެ. މި މޮނިއުމެންޓު ފަރުމާކުރުމުން 1 ވަނަ އަށްދާ ފަރާތަށް ރަމްޒީ ހަދިޔާއެއްގެ ގޮތުގައި 1000.00 (އެންހާސް ރުފިޔާ) ދެވޭނެއެވެ.

16 ސެޕްޓެންބަރު 2019
ހޯދާ