ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އައި.ޓީ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމް:

އައި.ޓީ އޮފިސަރ

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގރ2

މަޤާމުގެ ރޭންކް:

MS2

މަޤާމުގެ ގިންތި:

ދާއިމީ

ވަޒިފާއަދާ ކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާރވިސަސް ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ

އަސާސީ މުސާރަ:

6,295.00 ރ

ސަރވިސް އެލަވަންސް:

2,000.00 ރ

އެހެނިހެން އެލަވަންސް:

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

އަސާސީ މުސާރައިގެ %35 (ތިރީސް ފަސް އިންސައްތަ)

ލިވިންގ އެލަވަންސް:

3,000.00ރ (ޕްރޮބޭޝަނަށް ފަހު)

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

1.      މަގާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީގްރޭޑްލިބިފައިވުން.

ނުވަތަ

2.      މަގާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީގްރޭޑްލިބިފައިވުމާއެކު މަގާމުގެމަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 1އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3.  މަގާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީގްރޭޑްލިބިފައިވުމާއެކު މަގާމުގެމަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 3އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން މަޢުލޫމާތު:

·         މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

-          އިންފޮމޭޝަން ޓެކްނޮލޮޖީ

-           ކޮމްޕިއުޓަރ ހާޑުވެއަރ އެންޑް ސޮފްޓްވެއަރ

·         ތަޢުލީމީ ރޮނގުތައް:

-          އިންފޮމޭޝަން ޓެކްނޮލޮޖީ

-           ކޮމްޕިއުޓަރ ހާޑުވެއަރ އެންޑް ސޮފްޓްވެއަރ

·         މަޤާމަށް ބޭނުންވާ އަސާސީ ޝަރުތުގައި ހިމެނޭ އެންމަތީ ސަނަދަށްވުރެ މަތީ ސަނަދު (އެއް ލެވެލް މަތި) ހާސިލްކޮށްފައިވާ ފަރާތްތައް އޯވަރކޮލިފައިޑް ކަމަށް ކަނޑައެޅޭނެއެވެ.

·         ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.      އޮފީހުގެހުރިހާ ކޮންޕިޔުޓަރު ސިސްޓަމްތައް އަޕްގްރޭޑްކޮށް މަރާމާތުކޮށް ބެލެހެއްޓުން.

2.      އޮފީހުގެސަރވަރ ސިސްޓަމާއި ޓެލެފޯން ނެޓްވޯކް އަދި ވެބްސައިޓް ބެލެހެއްޓުން.

3.      އޮފީހުގެއެތެރޭގައި ބޭނުންކުރާ އިންޓްރާ ނެޓްވޯކް ގާއިމްކޮށް ބެލެހެއްޓުން.

4.      ކޮމްޕިޔުޓަރސިސްޓަމްތަކާއި އޮފީހުގެ ހުރިހާ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދިހާޑްވެއަރ މައްސަލަތައް ޙައްލުކުރުން.

5.      މުވާޞަލާތީ ޚިދުމަތަށް ބޭނުންވާ ކަންކަމަށް މަގުފަހި ކޮށްދިނުން.

6.      އެލް.ޖީ.އޭގެ އައި.ޓީ އިންވެންޓްރީ ބެލެހެއްޓުން.

7.      އޮފީހުގެ މަސައްކަތްތަކާ ގުޅުންހުރި ސޮފްޓްވެއަރތައް ހޯދުމާއި،އީ–ސަރވިސްތައް ތަޢާރަފްކޮށް ތަރައްޤީކުރުން.

8.      އީ-ގަވަރމަންޓް އާއި އެހެނިހެން އައި.ޓީ އާއި ގުޅުން ހުރި ތަމްރީންތައް މުވައްޒަފުންނަށް ދިނުން.

9.      އޮފީހުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް،ރިޕޯރޓް ހެދުމަށް އެހީތެރިވެދިނުން.

10.  އެލް.ޖީ.އޭގެފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ޓްރެއިނިންގޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، އެލް.ޖީ.އޭ އިން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާހާއި ލުއި ފޮތްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

11.  ތައްޔާރު ކުރެވިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

4.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ

5.      ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

6.      ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

·         ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ  ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

·         ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.

·         ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

·         މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

-          ތަޢުލީމާއި ތަމްރީން: 40%

-          މަސައްކަތު ތަޖުރިބާ: 12%

-          ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48% 

·         މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

·         މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައްމި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

·         އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުގެން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

·         ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

·         މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.

·         ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.

·         އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

 

16 ސެޕްޓެންބަރު 2019
ހޯދާ