ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:

އިޢުލާން

ގޯތި ތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން އަތޮޅުތަކުގައި ހައުސިންގ ޔުނިޓުތައް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ގދ. ނަޑެއްލާގައި އެޅުމަށް ހަމަޖެހިފައިވާ 26 ހައުސިންގ ޔުނިޓުގެ ތެރެއިން މި ރަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގައި އެޅުމަށް ހަމަޖެހިފައިވާ 16 ހައުސިންގ ޔުނިޓް އަޅާނެ ގޯތިތަކެއް ކަނޑައަޅައި އެކަމާއި ބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް ފޮނުވުމަށްޓަކާ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

މި އިޢުލާނާއެކު މިނިސްޓްރީ އޮފް ހައުސިންގ  އެންޑް އަރބަން ޑިވެލޮޕްމަންޓްގެ  ނަންބަރު: 138-AS7/418/2019/5 (12 ސެޕްޓެމްބަރ 2019) ސިޓީއާއެކު ފޮނުވާފައިވާ "ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތްކުރުމާއިބެހޭ އުޞޫލު (11 ސެޕްޓެމްބަރ 2019)" ޢާއްމުކުރަމެވެ. މި ޢުސޫލާއި އިޢުލާން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840007 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، "ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު 26ސެޕްޓެމްބަރު2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން  މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. "ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް އެދޭ ފޯމް" މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެވެ. ފޯމް ބަލައިގަތުން އޮންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 13:30 އާ ހަމައަށެވެ.

16 މުޙައްރަމް 1441

15 ސެޕްޓެމްބަރ 2019

15 ސެޕްޓެންބަރު 2019
ހޯދާ