ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)417-ESMS/417/2019/62 )08 އޯގަސްޓް 2019) އިޢުލާނާއި ގުޅޭ؛
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ 20،000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ 81 ހައުސިންގ ޔުނިޓުގެ ތެރެއިން، މިރަށުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކުގައި ގެ ޢިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކުން މިކަމަށް އެދުމުގެ ފުރުޞަތު 2019 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.
ވީމާ، ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރަން ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއިބެހޭ އުޞޫލާއި އެއްގޮތަށް މިރަށުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކުގައި ގެ ޢިމާރާތް ކުރުމަށް އެދޭ ފަރާތްތަކަށް 2019 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ގޯތީގައި ގެ ޢިމާރާތްކުރުމަށް ބޭނުންވާކަމުގެ ސިޓީއާއި އެފަރާތެއްގެ އައިޑީ ކާޑު ކޮޕީ އަދި ގޯތި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރަން ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއިބެހޭ އުޞޫލް ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ޢާންމުކުރެވިފައި ވާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.