ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އިޖްތިމާޢީ މަސައްކަތު

މަޤާމް: މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު: 01

މުއްދަތު: 01 އަހަރު ދުވަސް

ޝަރުޠު: 01- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއި، ޢުމުރާއި ޞިއްޙީގޮތުން މިފަދަ މަސައްކަތް ކުރެވޭފަދަ މީހަކު ކަމުގައިވުން.

      02- ރަށުގެ އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވާ އެކަމުގެ ޝައުގުވެރިކަން ހުންނަ މީހަކު ކަމުގައިވުން.

މުސާރަ (މަހަކު): 2200.00 ރ. (ދެހާސް ދުއިސައްތަ ރުފިޔާ)

ކުރަންޖެހޭ މަސައްކަތްތައް:-

1 - އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

2 - މީގެ އިތުރުން ކައުންސިލުން ކުރަމުންދާ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން.

 

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި: ހަފްތާއަކު ފަސްދުވަސް (ސަރުކާރުގެ ރަސްމީ) ދުވާލަކު 4 ގަޑިއިރު.

                  ވީމާ މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ސިޓީއާއި އައިޑީ ކާޑުގެ ފޮޓޯކޮޕީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

                  މިހެންވެ މިވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ސެޕްޓެންބަރު 2019
ހޯދާ