ދިވެހިރާއްޖެ
`
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ފުވައްމުލައް / ދިވެހިރާއްޖެ
ނަންބަރ: (IUL)GS-13-AC/GS-13/2019/26
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަރުކަޒުގެ ނަންބަރު: (IUL)GS-13-AC/GS-13/2019/18 އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. 3 ފަރާތަކުން ނަން ނޯޓު ކޮށްފައިނުވާތީ، މި އިޢުލާން ބާތިލްކޮށް އަލުން 5 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް އިޢުލާން ކުރަމެވެ.
ކޮމްޕިއުޓަރ ގަތުމަށް ބޭނުންވެއްޖެ
1 މިމަރުކަޒަށް 05 ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 12 އިން 2019 ސެޕްޓެމްބަރ 19 އަށް ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިމަރުކަޒަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ 11:00 ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 6865002، 9941015، 7785048
އީ-މެއިލް: [email protected]
16 މުޙައްރަމް 1441ހ.
15 ސެޕްޓެމްބަރ 2019މ.