ދިވެހިރާއްޖެ
މި އޮފީހުގެ ބޭނުމަށް 7 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލަމެވެ.
މިމަސައްކަތާއި ގުޅޭ "މަޢުލޫމާތު ކަރުދާސް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އީމެއިލް ކުރައްވާނީ 2019 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުޅުވުން އޮއްނާނީ 2019 ސެޕްޓެންބަރު 19 ވާ ބުރާސްފަތި ދުވަހު 10:00 ގައި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ ( އެޓަރނީ ޖެނެރަލް އޮފީސް، ވެލާނާގެ 6 ވަނަ ފަންގިފިލާ) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
13 މުޙައްރަމް 1441