އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އޮޑިދޯނި ފަހަރު އެހެލާ ސަރަޙައްދުގައި ހަރުގެ ފަދަ ތަންތަން އެޅުން ވަގުތީގޮތުން މަނާކުރުން:

        މިރަށުގައި އުޅަނދު ފަހަރު އެހެލުމަށާއި މަރާމާތު ކުރުމަށް، އަދި އުޅަނދުފަހަރު ބަނުމަށް، ޚާއްޞަކޮށްފައިވާ ރަސްމީ ސަރަޙައްދު ކަމަށްވާ، ރަށުގެ އިރުމަތީ ފަރާތުން ކާމިނީގެ މަގުގެ އުތުރުން، ކުނިކޮށި ސަރަޙައްދު ހިމެނިގެންވާ ގޮތައް މުޅިއެބިމުގައި، އަދި ޚާއްޞަކޮށް، މިހާރު މަރާމާތު ކުރަމުން ގެންދާ ދަގަނޑު ޓަގުބޯޓް ހިމެނޭ ބިން ހިމެނިގެންވާ ގޮތުން، ހުސްވާ އެއްވެސް ބިމެއްގައި، މިކައުންސިލް އިދާރާއިގެ ހުއްދަ ނުހޯދާ އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ހަރުގެއެއްފަދަ ތަނެއް، ނުވަތަ ވަގުތީ ހިޔާގަނޑެއް ވިޔަސް އެޅުމަކީ، މަނާކަމެކެވެ.

         ވީމާ، ދަގަނޑު ޓަގުބޯޓް އެހެލާފަ ހުރި ބިމުގައި ވިޔަސް އަދި މިސަރަޙައްދުގެ އިތުރު ބިމެއްގައި ނުވަތަ އެސަރަޙައްދު ގައިހުރި ހަރުގެ ތަކުގައި ނުވަތަ ހިޔާގަނޑު ތަކުގައި ހުރިނަމަވެސް މިހާރުހުރި އުޅަނދުތައް އެތަންތަނުން ބޭލުމާއެކު، އެތަންތަނައް އެއްވެސް ބާވަތެއްގެ އުޅަނދެއް ފަދަ އެއްޗެއް ވިޔަސް އެހެލުމާއި ވެއްދުމާއި ބޭނުންކޮށް ހެދުމަކީ، މަނާކަމެކެވެ. އަދި މިހާރުހުރި އެފަދަ ހަރުގެތަކާއި، ހިޔާގަނޑުތައް ހުރި ސަރަހައްދުން އެއުޅަނދެއް ބާލާތާ 01 ( އެކެއް ) މަސްދުވަހުގެ ތެރޭގައި ރޫޅާލައި ބިންސަފުކުރަން ޖެހޭނެކަމުގައި ވެސް އަންގަމެވެ.

         މިގޮތަށް ކަނޑައަޅާއި ހަމަޖައްސަން ޖެހުނު އެންމެބޮޑު ސަބަބަކީ، ހުއްދަނުހޯދާ ޤަވާޢިދާއި ޚިލާފަށް ބައެއް ފަރާތްތަކުން ހަރުގެ، ހިޔާގަނޑުފަދަ ތަންތަން އަޅާފައިހުރުމާއި އަދި ޤަވާޢިދާއި އުޞޫލްގެ ތެރެއިން އަލަށް އުޅަނދުފަހަރު ބަނުމަށާއި، އަދި އޮޑިމަރާމާތު ކުރުމުގެ މަސައްކަތްތަކަށް ހަރުގެ އެޅުމަށްވެސް ގިނަފަރާތް ތަކަކުން ބިންހޯދުމަށް އެދެމުން ދިއުމާއެކު އެފަރާތް ތަކަށްވެސް ހަމަހަމަ އުޞޫލެއްގެ ތެރެއިން ފަހިފުރުޞަތެއް ހޯދާދިނުމަކީ، މިކައުންސިލް އިދާރާގެ ވަރަށްބޮޑު ޒިންމާއަކަށް ވާތީއާއި، އެސަރަޙައްދުގެ އިންތިޒާމްތައް ރަނގަޅުކޮށް އެސަރަޙައްދު ތަރުތީބު ކުރުމަށް ގޮތްތަކެއް ކަނޑައެޅެމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާތީއެވެ.       

         މިހެންވެ މި އިޢުލާނާއި އެއްގޮތައް ޢަމަލުނުކޮށް، އެފަދަ ތަންތަން ( ހަރުގެ، ހިޔާގަނޑު ) ފަދަ ތަންތަން ބޭނުންކުރަމުން ގެންދާނަމަ އެފަރާތަކާމެދު ދަތި ކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އިދާރީ ގޮތުން އަޅާނެ ކަމަށާއި، އަދި ޤާނޫނީގޮތުން އެކަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަން، ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން މި ކައުންސިލްގެ އިދާރާއިން ކުރަމުން ގެންދާނެ ކަމުގައި ވެސް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2019
ހޯދާ