ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.އިސްދޫ، ކަލައިދޫ މަގުހަދާ ޔުނިޓްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިސްދޫ، ކަލައިދޫ މަގުހަދާ ޔުނިޓްގެ ސެކިއުރިޓީ 01 އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ:(IUL)240-CA/240/2019/31( 01 އޮގަސްޓް 2019 ) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިއުލާނު ކުރީމެވެ.

 

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 13:00 އަށް އިސްދޫ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން އިސްދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. 

 

11 ސެޕްޓެންބަރު 2019
ހޯދާ