ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަދަރުސާގެ ޢިމާރާތްތަކުގައި އެއަރކޯން ހަރުކުރުން

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި މަދަރުސާގެ ޢިމާރާތްތަކުގައި އަމިއްލަތަކެތި ހޯދައިގެން އެއަރކޯންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 11 އިން 2019 ސެޕްޓެމްބަރ 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ބޭނުންވާނެއެވެ.

2.1- މަޢުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް :

2.2- އީމެއިލް އެޑްރެސް:

2.3- ގުޅޭނެ މޯބައިލް ނަންބަރު:

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 10:00 ގައި ގދ.އަތޮޅު މަދަރުސާ ގެ އޮފީހުގައެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހުގެ 10:00 ގައި ގދ.އަތޮޅު މަދަރުސާ ގެ އޮފީހުގައެވެ.
  4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް  މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  5. އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.އަތޮޅު މަދަރުސާ

ގައްދޫ ، ދިވެހިރާއްޖެ.

ފޯން:  7983083

10 ސެޕްޓެންބަރު 2019
ހޯދާ