ދިވެހިރާއްޖެ
އިޢުލާން
މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ. |
|
މަޤާމް : |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ ޢަދަދު : |
01 (އެކެއް) |
މަޤާމުގެ ގިންތި : |
ކޮންޓްރެކްޓް ( 6 މަސް ދުވަސް ) |
މަޤާމުގެ ރޭންކް : |
ޖީ.އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން : |
އެޑްމިން |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފިއްލަދޫ ސްކޫލް /ހއ. ފިއްލަދޫ |
މުސާރަ : |
4465.00 ރުފިޔާ |
ސަރވިސް އެލަވެންސް : |
1500.00ރުފިޔާ |
ސަޕޯރޓިންގ ކޯ އެލަވަންސް: |
700.00 ރުފިޔާ |
އިތުރު އިނާޔަތްތައް : |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ކޮންޓްރިބިއުޝަން 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް : |
1- ސުކޫލަށް ހޯދޭ އެންމެހާ ތަކެއްޗާއި ޚިދުމަތްތައް މާލިއްޔަތު ޤާވާޢިދާއި އެއްގޮތަށް ފުރިހަމަކުރުން 2- ބަޖެޓް ފޮތްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
3- މުސާރަ ޝީޓް ތައްޔާރު ކުރުމާއި މުވައްޒަފުންނަށް މުސާރަ ދިނުން 4- ސުކޫލުގެ އިންވެންޓްރީ ބެލެހެއްޓުމާ އިންވެންޓްރީ އިން އުނިކޮށް ނައްތާލަން ޖެހޭތަކެއްޗާއި ނީލަންކިޔައިގެން ނައްތާލަންޖެހޭ ތަކެތި މިނިސްޓްރީން ހޯދަންޖެހޭ ހުއްދަތައް ހޯދާ އެކަން ފުރިހަމަކުރުން. 5- ސުކޫލަށް ކުއްޔަށް ހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތް ތަކާއި ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި އެކު ބަލަހައްޓަން ޖެހޭ ލިޔެކިޔުންތަށް ބެލެހެއްޓުން 6- ސުކޫލުގެ ބިޑް އިވަލުއޭޝަން ކޮމިޓީގެ މަސައްކަތްތަކާއި ބިޑް ކޮމިޓީގެ މަސައްކަތްތައް ޕްރޮކިއުމަންޓް އުޞޫލާއި އެއްގޮތަށް ރާވާ ފުރިހަމަކުރުން 7- ބަޖެޓް ރިޕޯރޓް ތަކާއި ބަޖެޓާއި ގުޅޭ އެންމެހާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގެ ކުރިން ފޮނުވުން 8- ބިދޭސީ ޓީޗަރުން އަހަރީ ޗުއްޓީއަށް ދިއުމާއި އެނބުރި އައުމުގެ ދަތުރު ހަމަޖެއްސުން 9- އިދާރީ ކަންކަން ބެލެހެއްޓުމާއި ޙަވާލުވެ ހުންނަވެރިޔާ އަންގަވާ އިދާރީ މަސައްކަތް ކުރުން 10- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން. |
މަޤާމުގެ ޝަރުޠު : |
ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ ،ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް |
1 ޙާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު 2 މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ 3 ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18ސެޕްޓެމްބަރ 2019 ވާބުދަދުވަހުގެ13:00 ގެކުރިން ފިއްލަދޫ ސްކޫލްގެއޮފީހަށެވެ. ވަޒީފާއަށްއެދޭފޯމާއިލިއުންތައްއީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފިނަމަ އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާ އަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު ކުރުން |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާއި ދެމެދުގެ ތާރީޚެއްގައި ފިއްލަދޫ ސްކޫލް ގައެވެ. |
ޝޯޓް ލިސްޓްކުރުން: |
ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500536 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
ވީމާ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.