ދިވެހިރާއްޖެ
އދ.ދަނގެތީ ވޭސްޓްމެނޭޖްމަންޓް ސެންޓަރގެ އިރުމަތީ ފަރާތު ( ކުނިގޮނޑު ހުރި ސަރަޙައްދުގެ ) ދެކުނުގައި، ހުސްކޮށްއޮތް ބިމުގައި ފައިބަރ ގްލާސް ބޭނުން ކޮށްގެންނާއި، ލަކުޑިން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ހަރުގެ އެޅުމަށް 02 ބިމާއި، އަދި ތަކެތި ރައްކައު ކުރުމަށް ގުދަނުގެ ގޮތުގައި ބޭނުން ކުރުމަށް ގުދަން ހެދުމަށް 08 ބިމާއެކު ޖުމްލަ 10 ބިން ވަކިވަކި ބިމުގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވެ ލަށްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 ސެޕްޓެމްބަރު 09 އިން 2019 ސެޕްޓެމްބަރު 17 ގެ ނިއަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:30އަށް އދ.ދަނގެތި ކައުންސިލްގެ އިދާރާ ގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ ހަރުގެ އަޅާބިމަކަށް 300.00ރ ( ތިންސަތޭކަ ރުފިޔާ) އެވެ. އަދި ގުދަން އަޅާ ބިމަކަށް 100.00ރ ( އެއްސަތޭކަ ރުފިޔާ ) އެވެ. ބިޑް ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހު 13:00 ގައި އދ.ދަނގެތި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގަ އެވެ.
ބިން ކުއްޔަށް ދޫކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ، އދ.ދަނގެތި ކައުންސިލް އިދާރާގެ ނަންބަރު 6680888 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.