ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
02 ފާހާނާ ކޮމްޕްލީޓް ކޮށް ނިންމުން

 

ފ. އަތޮޅު ތަޢުލީމީ މަރުކަޒު  

      ނިލަންދޫ

      ދިވެހިރާއްޖެ

 

                                              ނަންބަރ: IUL)GS-37-B/GS-37/2019/42) 

 

އިޢްލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު  

މި މަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި 02 ފާޚާނާ ކޮމްޕްލީޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރިއިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިއުލާނު ބާތިލްކޮށް އަލުން އިއުލާނުކުރަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިސްކޫލަށް އައިސް މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.  މަޢުލޫމާތު ކަރުދާސް 2019 ސެޕްޓެމްބަރ 08 އިން 12 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފ. އަތޮޅު ތައުލީމީ މަރުކަޒުން ލިބެންވެސް ހުންނާނެއެވެ. އަންދާސީ ހިސާބު އޮންނަށްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެޑުން އޮންނާނީ ކަޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި

މައުލޫމާތު ސާފުކުރެއްވުން.

15 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 11.00 ގައި

އަންދާސީ ހިސާބުހުށަހެޅުމާއި،އަންދާސީހިސާބު ކެޑުން.

18 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 11.00 ގައި

 

 މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި  ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                            08 ސެޕްޓެމްބަރ 2019

 

 

08 ސެޕްޓެންބަރު 2019
ހޯދާ