ދިވެހިރާއްޖެ
(IUL)E-380/2019/32 :ނަންބަރު
އިޢްލާން
ފުޓްބޯޅަ ދަނޑުގެ ޗޭންޖިންގރޫމް މަރާމާތުކުރުމާގުޅޭ
މިރަށު ފުޓްބޯޅަ ދަނޑުގެ ޗޭންޖިންގރޫމްގެ ދޮރުފަތްތައް ބަދަލުކޮށް އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ކުރަންޖެހޭ މަސައްކަތް
- ދެ ޗޭންޖިންގރޫމްގެ ދޮރުފަތާއި ރެފްރީން ތިބޭ ރޫމްގެ ދޮރުފަތްނައްޓާ ލަކުޑި ދޮރުފަތް ހަރުކުރުން
- ދެކުނުފަރާތު ޗޭންޖިންގ ރޫމްގެ ހަލާކުވެފައިވާ ދޮރުކަނި ބަދަލުކުރުން
- ރެފްރީންތިބޭ ބައިގެ ފެންލައިޓްތައް ޗޭންޖިންގ ރޫމްތަކުގެ ފެންލައިޓް ހުރިގޮތަށް ދަނގަނޑު ފްރޭމްހަދާ ބަންދުކުރުން
އަންދާސީ ހިސާބު ހުށަހެޅުމާއި މަޢުލޫމާތު ދިނުން
- މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ2019 ސެޕްޓެމްބަރ 10 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.
އިތުރު މަޢުލޫމާތު
މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
މަޢުލޫމާތު ސާފްކުރަން ހާޟިރުނުވާ ފަރާތްތަކާއި، ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެ ވޭނެއެވެ.
ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
މަސައްކަތް ޙަވާލުކުރެވޭނީ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް
ތަފްޞީލް |
އިންސައްތަ |
ހުށަހަޅާފައިވާ އަގަށް |
80% |
މުއްދަތަށް |
20% |
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ
ށ. އަންދާސީ ހިސާބު
ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ
އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
06 މުޙައްރަމް 1441
05 ސެޕްޓެމްބަރ 2019