ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

އިޢުލާން

 

މި ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.           

  މިކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

  •  މަޢުލޫމާތު ދިނުން: 12 ސެޕްޓެމްބަރު 2019މ. ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި– ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި

  • އަންދާސީ ހިސާބުހުށަހެޅުން: 19 ސެޕްޓެމްބަރު 2019މ. ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި – ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި

       އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު: 2014/18 (ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑިގައި މިކޯޓުގެ ނަންބަރު 6800641 ފޯނަށް ގުޅުއްވުން އެދެމެވެ

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                             06 މުޙައްރަމް 1441ހ.

                             05 ސެޕްޓެމްބަރު 2019މ.

05 ސެޕްޓެންބަރު 2019
ހޯދާ