މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Bandharuga Mehemaanunge hiyaa eh elhumuge masaiykaiy

އިޢުލާން

ބަނދަރުގައި މެހެމާނުންގެ ހިޔާއެއް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

            މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިރަށު ބަނދަރު ސަރަޙައްދުގައި މެހެމާނުންގެ ހިޔާ އެއް ޢިމާރާތްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 09 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ޙިސާބު ހުށައެޅުން 16 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.

                ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭ ކަމުގައި ދަންނަވަމެވެ.

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  05 ސެޕްޓެމްބަރ 2019

05 ސެޕްޓެންބަރު 2019
ހޯދާ