ދިވެހިރާއްޖެ
ލ. ފޮނަދޫގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ 02 ކުޑަކުދިންގެ ޕާކަށް ބޭނުންވާ 02 ޕްލޭސެޓް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ގަނެގެން ރަށާއި ހަމައަށް ގެނެސްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. |
|
މަޢުލޫމާތު ސާފުކުރުން |
10 ސެޕްޓެމްބަރ 2019 (އަންގާރަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މި ބީލަމާގުޅޭ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެއެވެ. |
ބީލަން ހުށަހެޅުން |
ބީލަން ހުށަހަޅާނީ 22 ސެޕްޓެމްބަރ 2019 (އާދީއްތަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. |
އިތުރު މަޢުލޫމާތު |
މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: ފޯނު: 6800082 އީމެއިލް: [email protected] |