ދިވެހިރާއްޖެ
ލެކްރެޑް ސްޓޭޖް 2 ގެ ދަށުން ލ. ފޮނަދޫގައި ޤާއިމް ކުރަމުންދާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)401-C/401/2019/50 (07 އޯގަސްޓް 2019) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާޠިލް ކޮށްފީމެވެ. އަދި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|
މަޢުލޫމާތު ސާފުކުރުން |
08 ސެޕްޓެމްބަރ 2019 (އާދީއްތަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މި ބީލަމާގުޅޭ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެއެވެ. |
ބީލަން ހުށަހެޅުން |
ބީލަން ހުށަހަޅާނީ 15 ސެޕްޓެމްބަރ 2019 (އާދީއްތަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. |
އިތުރު މަޢުލޫމާތު |
މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: ފޯނު: 6800082 އީމެއިލް: [email protected] |