ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫގައި ފެނުގެ ނިޒާމް ޤާއިމު ކުރުމުގެ މަޝްރޫއުއާއި ގުޅޭ

ސަރުކާރުން ފ.ނިލަންދޫގައި ޤާއިމުކުރުމަށް ނިންމާފައިވާ ފެނުގެ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ބިން މިހާރުވަނީ ހަމަޖައްސާފައެވެ. މި ބިން ކަނޑައަޅާފައިވަނީ މިހާރު ބޭނުންކުރަމުން އަންނަ ކުނި ކޮށީގެ ދެކުނުން 50 ފޫޓުގެ މަގެއް ދޫކުރުމަށްފަހު، ދެކުނަށް 102 ފޫޓު ހަމަވާ ހިސާބަށެވެ. މި މިން ހަމަވާ ހިސާބުގައި އިރުން ހުޅަނގަށްވާގޮތަށް މަގެއް ކަނޑާފައި އޮންނާނެއެވެ.

މި ބިމުގައި ހުރި ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށްޓަކައި، މި ރުއްގަހުގައި 01 ން 127 އާ ދެމެދު ހުދު ދަވާދުން ނަންބަރު ޖަހާފައި ހުންނާނެއެވެ. ވީމާ، މި ސަރަޙައްދުގެ ތެރޭގައި އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ ރުކެއް އަދި ގަހެއް ވާނަމަ 2019 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރުކުގައި ނުވަތަ ގަހުގައި ޖަހާފައި ހުރި ނަންބަރު އެގޭނެގޮތަށް މި އޮފީހަށް ދުރުވެ މަޢްލޫމާތު ދެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި މަޢްލޫމާތު ނުލިބޭ ރުއްގަސް ކައުންސިލްގެ ފަރާތުން ނައްތާލެވޭނެވާހަކަ ދަންނަވަމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢްލާން ކުރީމެވެ.

 

05 މުޙައްރަމް   1441

04 ސެޕްޓެންބަރު 2019

04 ސެޕްޓެންބަރު 2019
ހޯދާ