ދިވެހިރާއްޖެ
އިޢުލާން
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯތިތަކުގައި ގެ އިމާރާތް ކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން:
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކޮށް ދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި މިއިދާރާއިން ކުރި ނަންބަރު IUL)412/412/2019/33) އިޢުލާނުގެ މުއްދަތު 2019 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 14:00 އަށް ވަނީ އިތުރު ކުރެވިފައެވެ.
ވީމާ، މިމަޝްރޫއުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް މިއިދާރާގެ ވެބްސައިޓް www.kondey.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނައެވެ. އަދި ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ފޯމް ދޫކުރަމުން ދާނެއެވެ.
ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާއި ބެހޭ ޢުޞޫލް މިއިދާރާގެ ވެބްސައިޓާއި، ނޯޓިސް ބޯޑްގައި ޢާންމު ކުރެވިފައިވާނެއެވެ.
04 ސެޕްޓެމްބަރ 2019