ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމާބެހޭ

 

އިޢުލާން ނަންބަރު:  19/2019/BCM/IUL

އިޢުލާން

ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދޫކުރުމާގުޅޭ

 

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމުގެ ކަންތައް ކުރާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުންކަމަށްވާތީ، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމާގުޅޭ ގޮތުން އެކި ފަރާތްތަކުން މިކައުންސިލާ މުޢާމަލާތުކުރަމުން އަންނާތީ ދަންނަވަމަވެ.

 

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި އެހުއްދަ ހިފެހެއްޓުމާއި ބާޠިލުކުރުމާގުޅޭ ގޮތުން ޢަމަލުކުރަމުން އައި އެންމެހައި ގަވާއިދުތަކާއި އިޖުރާއަތުތައް، އެޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލުވީކަމަށް އެޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.  

 

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ބާ ކައުންސިލުން ހަދަންޖެހޭ ގަވާއިދުތަކަކީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުކުރެވޭ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ހަދައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭ ގަވާއިދުތަކަކަށްވާތީ، ޤާނޫނީ ވަކީލުކަމުގެ ހުއްދަދޫކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހިމެނޭ ގޮތުން، ބާ ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާގުޅޭ މަސައްކަތްތައް ބާ ކައުންސިލުން ކުރަމުން އަންނަކަމަށް ދަންނަވަމަވެ.

 

އަދި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި އިޢުލާންކުރުމަށްފަހު، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެ ވާހަކަ ދަންނަވަމަވެ.

4 ސެޕްޓެމްބަރު 2019

 

04 ސެޕްޓެންބަރު 2019
ހޯދާ