ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL)25-A5/25/2019/22)
ވަޒީފާގެ ފުރުޞަތު
މަޤާމް: ޑެސްކް އޮފިސަރ |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ. އެސް. 3 |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
މުސާރަ:4,465.00 ރ. |
ސަރވިސް އެލަވަންސް: 1,500.00 ރ. |
ސަޕޯޓިންގ ކޯ : 700.00 ރ.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ގިންތި: ދާއިމީ |
މަޤާމުގެ ނަންބަރު: J-145497 |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: 1 |
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
ޑިވިޜަން/ ސެކްޝަން: ހިއުމަން ރައިޓްސް އެންޑް ލީގަލް ޑިވިޜަން |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
1- މުޢާހަދާތަކުގައި ރާއްޖޭންބައިވެރިވުމާގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، މިނިސްޓްރީން ތައްޔާރުކުރަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމާއި، މުއާހަދާތަކުގެ ދަށުން ދައުލަތުން އުފުލަންޖެހޭ ޒިންމާތަކާއި ދައުލަތަށް ލިބިދޭ ހައްގުތަކާ ބެހޭގޮތުން މައުލޫމާތު ހޯދުން. 2- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާބެހޭ މައުލޫމާތު ލިސްޓް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 3- ސްޕެޝަލް ރެޕަޓުއަރ ފަދަ ޑިވިޜަނާއިގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ބޭބޭފުޅުންގެ ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކާއި އެ ދަތުރުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން. 4- އެޗް.އާރ.ސީ ސެޝަންތަކުގައި ރާއްޖެ ބައިވެރިވުމަށްކުރަންޖެހޭ ލޮޖިސްޓިކަލް އެރޭންޖްމަންޓްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިއުން. 5- އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖޭން ގެންގުޅޭ ސިޔާސަތުތައް، އދ ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހާއި އދ. ގެ އެހެނިހެނިހެން ޖަލްސާތަކުގައާއި، ބައިނަލްއަގްވާމީ އެކިއެކި ޖަލްސާތަކުގައި ހާމަކޮށް، ރާއްޖޭގެ އަޑުއުފުލައި ވަކާލާތު ކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ޕޮޒިޝަން ޕޭޕަރ އަށް ބޭނުންވާ މައުލޫމާތު މަސްއޫލުވެރި އިދާރާތަކުން ހޯދައި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޕޭޕަރ ޑްރާފްޓްކުރުން. 6- ޑިވިޜަނުގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް، އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުމާއި. އަދި ލިޔެކިޔުންތައް އޮންނަ އުސޫލަކުން ފައިލްކޮށް ރެކޯޑް ބެލެހެއްޓުން. 7- ޑިވިޜަނުގެ މަސައްކަތާ ގުޅޭ އެކި ބައްދަލުވުންތަކުގައި ބައިވެރިވެ މިބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރު ކުރުން. 8- ޑިވިޜަންގެ ފައިލިންގ މަސައްކަތްތަކާއި އާކައިވިންގ މަސައްކަތް ހަމަޖެހިފައި އޮންނަ އުޞޫލުން ޤަވާއިދުން ކުރުން. 9- ޑިވިޜަނާއި ގުޅޭ ޚަބަރުތައް ދިރާސާކޮށް ސުޕަވައިޒަރުގެ ސަމާލުކަމަށް ގެނައުން. 10- އެކި ޤައުމުތަކުގެ ބްރީފް ޕޭޕަރ އަށް ބޭނުންވާ މަޢުލޫމަތު ތައްޔާރުކޮށް/އަޕްޑޭޓްކޮށް ކަމާބެހޭ ޑެސްކް (ބައިލްޓްރަލް ޑިޕާޓްމަންޓަށް) ފޮނުވުން. |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
އިތުރު އިނާޔަތް: |
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރައްވަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:
|
- ތަޢުލީމާއި ތަމްރީން 40% - އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5% - މަސައްކަތުގެ ތަޖުރިބާ 10% - ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 45% |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.foreign.gov.mv/index.php/en/downloads ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3345011 އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ، 22 ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
ޖީ.އެސް 3 .................... 45% |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3323400 އަށް ގުޅުއްވުން އެދެމެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3345011 އެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
04 ސެޕްޓެމްބަރ 2019
5-މުޙައްރަމް-4114