ދިވެހިރާއްޖެ
އިޢުލާނު |
|
މަޤާމް: |
އިންޖިނިއަރ |
މަޤާމުގެ ނަންބަރު: |
J-301080 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލެ / ލޭންޑް އެންޑް ވައިޓަލް ރެޖިސްޓްރޭޝަން / ބިލްޑިންގ ސެކްޝަން / ބިލްޑިންގ ޕާމިޓް ޔުނިޓް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިމާރާތް) |
މުސާރަ: |
7035.00 |
ސަރވިސް އެލެވަންސް: |
3500.00 |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުޠުތައް: |
1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައިމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައިމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން. ގުޅޭ ވަޒީފާގެ ދާއިރާތައް:
ތައުލީމީ ރޮނގުތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-301095 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީ.އެސް-3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ މާލެ / ލޭންޑް އެންޑް ވައިޓަލް ރެޖިސްޓްރޭޝަން / ލޭންޑް ސެކްޝަން / ރެޖިސްޓްރީ ޔުނިޓް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިމާރާތް) |
މުސާރަ: |
-/4465 |
ސަރވިސް އެލެވަންސް: |
-/1500 |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ފްލެޓް ތަކުގެ ރަޖިސްޓްރީ (މާލެ، ވިލިނގިލި، ހުޅުމާލެ) އާކުރުން، ރަޖިސްޓްރީ ގެއްލިގެން ހެއްދުން، އަދި މީގެ އިތިރުން ޝަރުޢީ ކޯޓުތަކުން ރަޖިސްޓަރީ ބަދަލު ކުރުމަށް ނިންމަވާ ޤަޟިއްޔާގެ ޙުކުމާއެއްގޮތަށް ރަޖިސްޓްރީ ހެއްދުން 2. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުން (މާލެ، ވިލިނގިލި، ހުޅުމާލެ)، އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާކުރުން، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުން، ބަންޑާރާ ގޯތި ނުވަތަ ގޯތިން ބައެއް އަމިއްލަކޮށްގެން، ޝަރުޢީ މަރުޙަލާ ނިމުމުން ރަޖިސްޓަރީ ބަދަލުކުރުން (ތަރިކަ، ހިބަ، ލާޖެއްސުން، ވަސިއްޔަތް، ބައިކުރުން) އަދި މީގެ އިތިރުން ޝަރުޢީ ކޯޓުތަކުން ރަޖިސްޓްރީ ބަދަލުކުރުމަށް ނިންމަވާ ގަޟިއްޔާގެ ހުކުމާއެއްގޮތަށް ރަޖިސްޓްރީ ހެއްދުން 3. ބިމުގެ ރަޖިސްޓްރީ ހެދުން (މާލެ، ވިލިނގިލި، ހުޅުމާލެ) ސަރުކާރުގެ ތަންތަން، ދައުލަތުން ވަކިފަރާތަކަށް ބިން ޙަވާލުކުރުމުން އެފަރާތްތަކަށް ރަޖިސްޓްރީ ބަދަލުކުރުން، ރަޖިސްޓްރައީ އާކުރުން، ރަޖިސްޓްރީ ގެއްލިގެން ހެއްދުން. އަދި މީގެ އިތުރުން ޝަރުޢީ ކޯޓުތަކުން ރަޖިސްޓްރީ ބަދަލުކުރުމަށް ނިންމަވާ ޤަޟިއްޔާގެ ޙުކުމާއެއްގޮތަށް ރަޖިސްޓްރީ ހެއްދުން 4. ގޯތީގެ ރަޖިސްޓްރީ ހެދުން (މާލެ، ވިލިނގިލި، ހުޅުމާލެ) ރަޖިސްޓަރީ އާކުރުން، ރަޖިސްޓްރީ ގެއްލިގެން ހެއްދުން، ޝަރުޢީ މަރުޙަލާ ނިމުމުން ރަޖިސްޓްރީ ބަދަލުކުރުން. ( ތަރިކަ، ހިބަ، ލާޖެއްސުން، ވަސިއްޔަތް، ބައިކުރުން) ވެށިފަހި ޕްރޮގްރާމް ދަށުން ހުށަހަޅާ ގޯތިތަކުގެ ރަޖިސްޓްރީ ހެދުން، އަދި މީގެ އިތުރުން ޝަރުޢީ ކޯޓުތަކުން ރަޖިސްޓްރީ ބަދަލުކުރުމަށް ނިންމަވާ ގަޟިއްޔާގެ ޙުކުމާއެއްގޮތަށް ރަޖިސްޓްރީ ހެއްދުން. 5. ޢިމާރާތާއި ބިމުގެ ރަޖިސްޓްރީ ހެދުން (މާލެ، ވިލިނގިލި، ހުޅުމާލެ) ރަޖިސްޓަރީ އާކުރުން، ރަޖިސްޓްރީ ގެއްލިގެން ހެއްދުން، ޝަރުޢީ މަރުޙަލާ ނިމުމުން ރަޖިސްޓްރީ ބަދަލުކުރުން ( ތަރިކަ، ހިބަ، ލާޖެއްސުން، ވަސިއްޔަތް، ބައިކުރުން) އަދި މީގެ އިތުރުން ޝަރުޢީ ކޯޓުތަކުން ރަޖިސްޓްރީ ބަދަލުކުރުމަށް ނިންމަވާ ގަޟިއްޔާގެ ހުކުމާއެއްގޮތަށް ރަޖިސްޓްރީ ހެއްދުން. 6. އެއްމެދު ޢިމާރާތުގެ ރަޖިސްޓްރީ ހެދުން. (މާލެ، ވިލިނގިލި، ހުޅުމާލެ) 7. އެއްމެދު އިމާރާތުގެ ފްލެޓް ރަޖިސްޓްރީ ހެދުން. (މާލެ، ވިލިނގިލި، ހުޅުމާލެ) ރަޖިސްޓަރީ އާކުރުން، ރަޖިސްޓްރީ ގެއްލިގެން ހެއްދުން، ޝަރުޢީ މަރުޙަލާ ނިމުމުން ރަޖިސްޓްރީ ބަދަލުކުރުން ( ތަރިކަ، ހިބަ، ވަސިއްޔަތް) އަދި ޟީގެ އިތުރުން ޝަރުޢީ ކޯޓުތަކުން ރަޖިސްޓްރީ ބަދަލުކުރުމަސް ނިންމަވާ ގަޟިއްޔާގެ ޙުކުމާ އެއްގޮތަށް ރަޖިސްޓްރީ ހެއްދުން 8. ކޯޓުތަކުން އަންނަ ސިޓީތަކަށް ޖަވާބު ދިނުން. 9. އަމިއްލަ ފަރާތްތަކުން ބޯހިޔާވަހިކަމުގެ މަޢްލޫމާތު ހޯދުމަށް ހުށަހަޅާ ފޯމު ތަކަށް ޖަވާބުދިނުން 10. ގޯތީގެ ނަން ފާސްކުރުން (ނަން ބަދަލުކުރުން، ގޯތި ބައިކޮށްގެން ނަންކިއުން.) |
މަޤާމުގެ ޝަރުޠުތައް:
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ސެޕްޓެމްބަރ 2019 ގެ 13:00 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން / އިމްތިޙާނު އޮންނާނީ، 22 ސެޕްޓެމްބަރ 2019 އާއި 26 ސެޕްޓެމްބަރ 2019 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |