މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރައަށް ޕްރިންޓަރެއް ހޯދަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންދުގެ އިދާރާއަށް ބޭނުންވާ ސްޕެސިފިކޭޝަންގެ މަލްޓި ފަންކްޝަނަލް ޕްރިންޓަރެއް ވިއްކާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ސެޕްޓެންބަރު 5 އިން 2019 ސެޕްޓެންބަރު  11 އަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު، 9:00 އިން  13:30 އަށް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެންބަރު 12 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2019 ސެޕްޓެންބަރު 18 ވާ ބުދަ ދުވަހު 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341193,3341194

އީ-މެއިލް: [email protected]

04 ސެޕްޓެންބަރު 2019
ހޯދާ