ދިވެހިރާއްޖެ
| 
 އަމިއްލަ ތަކެތީގައި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އޮޅުވެލިފުށީ ޤަބުރުސްތާން ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތްތަށް ކުރުމަށް ސައުޤުވެރިވާ ފަރާތްތަކުން، މައުލޫމާތު ސާފުކޮށް، ބިޑު ޑޮކިއުމެންޓް ފުރިހަމަ ކުރަށްވައި، ހުށައެޅުއްވުން އެދެމެވެ.  | 
| 
 މަޢުލޫމާތުދިނުމަށްބާއްވާ ޕުރީބިޑް މީޓިން  | 
| 
 މަޢުލޫމާތުދިނުމަށްބާއްވާ ޕުރީބިޑް މީޓިން އޮންނާނީ 2019 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހު 11:00 ގައި އޮޅުވެލިފުށީ ކައުންސިލް އިދާރަގައެވެ. މަޢުލޫމާތު ކަރުދާހުގެ އަގަކީ -/20 ރުފިޔާއެވެ.  | 
| 
 އަންދާސީ ހިސާބު ބަލައިގަތުމަށް ބާއްވާ ބިޑު އޯޕަން މީޓިން  | 
| 
 
 އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2019 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހު11:00 އޮޅުވެލިފުށި ކައުންސިލް އިދާރާގައެވެ. މި އިއުލާނަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 
  | 
