ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ލ.އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 1200 ހައުސިން ޔުނިޓާއި ގުޅޭ:

 

އިޢުލާން

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ލ.އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 1200 ހައުސިން ޔުނިޓާއި ގުޅޭ:

 

 ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ބައިތަކުގެ ތެރެއިން ލ. އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 1200 ހައުސިންގ ޔުނިޓް އަޅާނެ ސަރަޙައްދުތަކާއި، ހައުސިންގް ޔުނިޓްގެ ޢަދަދު ރިވައިސްކުރަން ބޭނުންވާތީ، އެކަންކަން ކަނޑައެޅުމުގެ ކުރިން ޢާއްމު ރައްޔިތުންގެ ޚިޔާލް ހޯދުމުގެ ގޮތުން "ބޯހިޔާވަހިކަމުގެ ނީޑް އެސެސްމަންޓް ސާރވޭ"  އެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާތީ ދަންނަވަމެވެ. މި ސާރވޭއަކީ އޮންލައިން ފޯމެއް ފުރިހަމަކޮށްގެން ކުރިޔަށް ގެންދެވޭ ސަރވޭއެކެވެ. އަދި މިސަރވޭގައި ބައިވެރިވެވޭނީ ލ. އަތޮޅުގެ ރައްވެހިންނަށް އެކަނިކަމުގައި ދަންނަވަމެވެ.

ވީމާ، މިހިނގާ 22 ސެޕްޓެންބަރ 2019 އާދީއްތަ ދުވަހުގެ 14.00 ގެ  ނިޔަލަށް ސަރވޭ ފޯމް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާ  ވާހަކަ    ދަންނަވަމެވެ. މި ސަރވޭފޯމް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުން ފުޅުވާ

ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ފުރުޞަތު ރަސްމީ ގަޑިތަކުގައި ކައުންސިލުންނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން ވެސް މަޢުލޫމާތު ލިބެންހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

 

04 މުޙައްރަމް  1441

03  ސެޕްޓެމްބަރ2019

03 ސެޕްޓެންބަރު 2019
ހޯދާ