ދިވެހިރާއްޖެ
އިޢުލާން
އަލަށް އެކުލަވާލެވުނު ބަނދަރު ބޭނުންކުރާ އުސޫލަށް ޢަމަލުކުރަން ފަށާއިރު، އެއުސޫލުގެ ދަށުން ދޯނިފަހަރަށާއި، ބޮއްކުރާ ފަދަ ކުދި އުޅަނދުތަކަށް ވަކި ސަރަހައްދަކުން ފައްތިޔާ ދޫކުރުމަށް މިކައުންސިލުން ކުރެވުނު ނަންބަރު: (IUL)335-AS/335/2019/61 އިޢުލާން ގެ މުއްދަތު ހަމަވީއިރު ހުށަހަޅާފައިވާ ބައެއް ފޯމްތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އާއި، އަދި އެއިޢުލާން ގެ މުއްދަތު އިތުރުކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.
ވީމާ، ފައްތިޔާ ހޯދުމަށް އެދޭ ފަރާތްތަކުން 12 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުން އެދެމެވެ.
ފައްތިޔާ ދޫކުރެވޭނީ ރަށުގެ ރަޖިސްޓްރީ އުޅަނދުތަކަށް އިސްކަންދީގެން ޖާގައޮތް ވަރަކުން ރަށުގެ މީހަކު ރަށުގައި އާންމުކޮށް ދުއްވާ އުޅަނދުތަކަށެވެ. އާންމުކޮށް ފުރާނުދުއްވާ، އަދި ރަށުގައި ނުގެންގުޅޭ ރަޖިސްޓްރީ ނުކުރާ އުޅަނދުތަކަށް ފައްތިޔާ ދޫކުރާގޮތަށް ހަމަޖެހިފައެއްނުވެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.